
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަޠީފް މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަޒްހަތު އައްޔަންކޮށްފައި ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ގދ.ތިނަދޫ، ވިނަވި, އަލްފާޟިލާ ޝަޒުހަތު ލަތީފް, ވަނީ 02 އޯގަސްޓް 2026 ގައި އައްޔަނުކޮށްފައި. pic.twitter.com/8p8oOvY806
— Privatization & Corporatization Board (@pcb_gov) August 2, 2026
ޝަޒްހަތު އަންނަނީ 2017ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުންނެވެ. އަދި އޭނާ ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)ގެ އިތުރުން ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް (އޮނާސް) ވެސް ފުރިހަމަ ކުރައްވާފައެވެ.

