
މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރިގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ އައްޔަނު ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ،
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރު ކަމަށާއި އެމްޑީގެ މަގާމަށް މިއަދުން ފެށިގެން ފަހުމީ އައްޔަނު ކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ފަހުމީ ހުންނެވީ ސްޓެލްކޯގެ އެމްޑީގެ މަގާމުގައެވެ.

