
ސައިކަލު ދުއްވަނިކޮށް އެކްސިޑެންްޓްވުމުން މަޑުނުކޮށް ދިޔަ މީހާ ފަހުން އަތުލައިގަތްއިރު އޭނާ ދުއްވި އުޅަނދުން ބަނގުރާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ ލ. ކަލައިދޫ، ގުފްރާން ހާލިދު، 26، ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވުމުން ވެސް ގުފްރާން މަޑުނުކޮށް ދިޔަ މައްސަލަ ލިބުމާއެކު އޭނާ ހޯދަން ފެށި ކަމަށާއި އަދި އޭނާ ހޯދިއިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކުކުރެވިގެން ސައިކަލު ބަލައި ފާސްކުރި އިރު ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސް ކުރި ދެ ދަޅު ފެނުނު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާ 10ދުވަހަށް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން މިހާރު އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

