
ކަނޑުމަތީގެ އެކްސިޑެންޓަށް ފަހު ފިލައިގެން ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފާއިތުވި ޖުލައި 9ވަނަ ދުވަހު ހިނގި މި ހާދިސާ އަކީ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ދެ އުޅަނދެއްޖެހި ހިނގި އެކްސިޑެންޓެއް ކަމަށާއި މި އެކްސިޑެންޓު ހިނގީ “ލީޖަން 1″ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

