
އިމިގްރޭޝަނުން ބައިނަލް އަގްވާމީ އިންސާނީ ވަގުފާރިއާ ދެކޮޅަސް މަސައްކަތްކުރާ ދުވަސް ފާހަގަކޮށްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ދުވަސް އިމިގްރޭޝަނުން ފާހަގަ ކޮށްފައި ވަނީ މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ މޮނިޓާކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތް ކުުރިއަށް ގެންގޮސްފައި ވަނީ އިއްޔެގެ ހަވީރު މާލޭގެ އާންމު ސަރަހައްދުތަކުގައެވެ.
ބައިނަލްއަގްވާމީ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިމިގްރޭޝަންގެ ގިނަ އޮފިސަރުންތަކެއް ވަނީ ގިނަ ބަސްބަހުން ތައްޔާރުކޮށްފައިވާ ހޭލުންތެރިކުރުވުމުގެ ފްލަޔަރުތަކެއް ބަހާފައެވެ.
މި ފްލަޔަރުތަކުގައި ހިމެނެނީ:
- އިންސާނީ ވަގުފާރީގެ ނިޝާންތައް ދެނެގަންނާނެ ގޮތް
- އަނިޔާލިބޭ ފަރާތްތަކަށް އެހީތެރިކަން ހޯދާނެ ގޮތް
- މިފަދަ ހާލަތްތަކަށް ސަމާލުވެ ތިބޭނެ އަމަލީ މައުލޫމާތު
— Maldives Immigration (@ImmigrationMV) August 3, 2026
މިއީ ބިދޭސީ މަސައްކަތްތެރިންނާއި މުޅި މުޖުތަމައުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ރާއްޖެ އަކީ ބިދޭސީ މަސައްކަތްތެރީން ގިނަ ގައުމަކަށްވާއިރު، ބިދޭސީ މަސައްކަތްތެރިން އިންސާނީ ވަގުފާރިއަށް ހުށަހެޅޭލެއް މަދެއް ނޫނެވެ. ހަމައެއާ އެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ ގެ މައްސަލަތަކަކީ ވެސް ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

