
މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ހަސަން ޒިހާާން ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.
ޒިހާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހާއި ސުޕްރީމް ކޯޓާއި އަދި ރައީސް އޮފީހުގައި ހުޅު ޖަހަން ފުުރުސަތު ނުލިބެނީ ކީއްވެތޯ އައްސަވައި އެއީ މަޖާ ކަމަކަށްވާނެ ކަމަށް ވިދާޅުވެފައެވެ.
ޒިހާންގެ ޕޯސްޓާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ އެކި މީހުން އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް ފުލުހުން މިއަދު ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޒިހާން މިހާރު ހުރީ ހައްޔަރުކޮށްފައި ކަމަށެވެ. އެ މައްސަލައިގައި އޭނާއަށް އަދި ބަންދުގެ މުއްދަތުގެ ޖެހިކަމެއް ސާފެއް ނުވެއެވެ.
ޒިހާން އެފަދައިން ވިދާޅުވީ ކީއްވެގެން ކަމެއް އަދި އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމެއް ވެސް ސާފެއްނުވެއެވެ.
ޒިހާން ފަހުން ވަނީ އެ ޕޯސްޓު ޑިލީޑް ވެސް ކޮށްލައިފައެވެ.

