
އިރާނުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އިރާންއާއި އެމެރިކާއިން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ ގޮތުން އެކުލަވާލީ އެމްއޯޔޫ އުވާލައި އެމެރިކާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިރާނަށް އަލުން ހަމަލާތައް ދޭން ފަށައިފައެވެ. އަދި ރައްދުގައި އިރާނުން ވެސް ދަނީ ސައުދީއާއި ގަލްފު ގައުމުތަކުގައި ހުންނަ އެމެެރިކާގެ ބޭސްތަކަށް ހަމަލާތައް ދެމުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ވަނީ އިރާނުން ސައުދީއަށް ދިން ބެލިސްޓިކް ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ އިރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުންކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން އޮތީ ސައުދީއާ އެކު ކަމަށާއި ސައުދީގެ އިސްތިގުލާލު ނެގެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ތާއިދު އޮންނާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ޑިޕްލޮމަސީއާއި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ވެސް މިނިސްޓްރީން ގޮވާލިއެވެ.

