
ހއ. އިހަަވަންދޫ ކުޑަކުދިންގެ ޕާކުގައި އޮންނަ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިޔަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
“ދެން”އަށް އެނގިފައިވާގޮތުން މިއީ އެ މަސްތައް ނީލަން ކިޔަން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މި މަހު ދެ ފަހަރު އެ މަސްތައް ނީލަން މަސައްކަތް ކުރި ނަމަވެސް އެ ނީލަމަށް ބަޔަކު ނުދިޔައެވެ.
އެއާ އެކު ވެސް މިއަދު އިހަވަންދޫ ކައުންސިލްއިން ވަނީ އަންނަ ބުރާސްފަތި ދުވަހުވެސް މަސްތައް ނީލަންކިޔަން ވަނީ ނިންމައިފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލީ ފަވާޒް “ދެން”އަށް ވިދާޅުވީ މަސްތައް ނީލަން ކިޔަން ނިންމީ އެ މަސްފެންގަނޑު ސާފުކުރުމުގެ ކަންކަން ނުކުރެވި އެތަނަށް ކުނި ފަދަ ތަކެތި އަޅާތީ އާ އެކު އެ މަސްފެންގަނޑު ބެލުމުގެ ޝައުގުވެރިކަން ވެސް ކުޑަވެ އަދި މަސްތައް މަރުވަމުންދާތީ ކަމަށެވެ.
މަސްތައް ނީލަން ކިޔާތީ ގިނަ ބަޔަކު ފާޑުކިޔަމުންދާ އިރު އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ސޮބާހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

