
ދައުލަތުގެ ބަޖެޓާއި ދަރަނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޖުމްލަ 1.28 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 4 މުއްދަތަކަށް ބަހާލައިގެން ޓީބިލް ވިއްކަން ހުޅުވާލާފައެވެ.
ޓީބިލް ވިއްކަން ހުޅުވާލި މުއްދަތު
28 ދުވަހުގެ ޓީ-ބިލް: 1.04 ބިލިއަން ރުފިޔާ އެއް ބިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.3.50
98 ދުވަހުގެ ޓީ-ބިލް: 100 މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.3.87
182 ދުވަހުގެ ޓީ-ބިލް: 20 މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.4.23 .
364 ދުވަހުގެ ޓީ-ބިލް: 126.4 މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.4.60
ފިނޭންސް އިން ބުނީ މި ޓީ-ބިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން، ފިނޭންސް މިނިސްޓްރީގެ ‘ސަބްސްކްރިޕްޝަން ފޯމު’ ފުރިހަމަކުރުމަށް ފަހު، ސޭލްސް ޑޭޓްގެ ހެނދުނު 8:30 އިން 11:00 އާ ދެމެދު އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެކިއުރިޓީގެ ގޮތުގައި މިހާތަނަށް ވިއްކި ޖުމްލަ އަދަދު ހުރީ 97 ބިލިއަން ރުފިޔާގައެވެ.

