
މާލޭގައި އާންމު އުނދަގުލަކަށްވެގެން ހައްޔަރުކުރި ހއ. ހޯރަފުށި/ ނޫވިލް/ އަހުމަދު ފައިރިޝްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފައިރިޝްއަކީ އާންމު އުނދަގުލަކަށް ވެގެން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް ފައިރިޝްގެ މައްސަލައަށް ހައްލެއް ނުލިބި އޭނާގެ އުނދަގޫ ތަކުރާރުކޮށް ތަހައްމަލުކުރަން ޖެހޭ މީހަކު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސްކޮށްފައެވެ. ނަމަވެސް ފަހުން ސަރުކާރުން ދިން ޔަގީންކަމާއެކު އޭނާ އެ ހަޅުތާލު ހުއްޓާލިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފައިރިޝްގެ ބަންދަށް މިއަދު ވަނީ 15ދުވަސް ޖަހައިފައެވެ.
އޭނާގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
ނަމަވެސް ފައިރިޝްވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ނަމަވެސް ފުލުހުން ބުނީ އޭނާގެ މައްޗަށް އެކަށީގެންވާވަރަށް ހެކި އެބަހުރި ކަމަށެވެ.

