
އަމީނީމަގު އަލުން މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެ މަގުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ ސާވޭތައް ނިންމާލައިފިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގާއި، އިއްޒުއްދީން މަގުގެ އިތުރުން އަމީނީ މަގުގެ މަރާމާތުތައް ކުރިއަށް ގެންދާނެއެވެ. އެ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، އަމީނީމަގުގެ މަރާމާތުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ވަނީ މަގުގެ ތާރުގަނޑު ކަނޑައިގެން ބަލަންޖެހޭ މުހިންމު ކަންކަން ދެނެގަނެފައެވެ.
Our survey team carried out core cutting works at Ameenee Magu today as part of the pre-construction surveys for the Malé Road Project. The project includes the repair of Ameenee Magu, Izzudheen Magu, and Boduthakurufaanu Magu, paving the way for safer and more efficient roads… pic.twitter.com/QWz2Nz2RuQ
— MTCC Plc (@MTCCPlc) July 27, 2026
ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި އާރްޑީސީއާ ހަވާލުކޮށްގެން 2022ވަނަ އަހަރުގެ ޖުލައި މަހުގެ 3ވަނަ ދުވަހު ފެށި މި މަޝްރޫޢު އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުގޮސް، އެންމެ ފަހުން ނިންމާލެވިފައި ވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެހެންނަމަވެސް، މަގު ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 1.79 ކިލޯމީޓަރުގެ މި މަގުގެ ގިނަ ސަރަޙައްދުތަކެއްގައި ތާރުގަނޑު އުފުލުމާއި، ކަނޑައިގެންގޮސް އަޑިގުޑަންވުން ފަދަ ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންނުކޮށް، ނުއަގުގައި ހިންގާފައިވާ މަޝްރޫޢެއްކަމަށް ބުނެ އޭރު ވެސް އާންމުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

