
އަމިއްލަ ފަރުދުންނަށް ބޭންކްތަކުން ދޫކުރާ ޕާސަނަލް ލޯނު ނެގި މިންވަރު 9,231.0 މިލިއަން ރުފިޔާއަށް އަރާފިއެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހުގެ ނިޔަލަށް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދަކީ 51,720.6 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދޫކޮށްފައިވާ 50,828.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 892 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި 2025ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 48,383.0 ބިލިއަން ރުފިޔާގައެވެ. އަދި މި ލޯނުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ނަގާފައި ވަނީ ޕާސަނަލް ލޯނެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން އެންމެ ބޮޑު ހޭދައެއް އަދިވެސް ކުރަމުންދަނީ ގައުމުގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން އެޕްރީލް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ވަނީ 14,146.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުއްދަތުގައި އެންމެ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ އިމާރާތްކުރުމުގެ (ކޮންސްޓްރަކްޝަން) ދާއިރާއެވެ. އެޕްރީލް މަހުގެ ނިޔަލަށް މި ދާއިރާ އަށް ދޫކުރި ލޯނުތައް ވަނީ 10 ބިލިއަން ރުފިޔާގެ ހުރަސް 10,007.2 ބލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މާރިޗު މަހުގެ ނިޔަލަށް ހުރި 9,555.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

