
“އަމާން އުދަރެސް 2” ގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓުނު އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖާގެ ހާލު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދީފިއެވެ.
މި ހާދިސާ ހިނގުމާ އެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެ މުއައްސަސާގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ކުއްޖާއަށް ފުރާނައަށް ނުރައްކާވާ ފަދަ އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އިތުރު ތަހުލީލުތައް ކުރުމަށާއި ހާލަތު ގާތުން މޮނިޓަރކުރުމުގެ ބޭނުމުގައި މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް އެނގިފައި ނުވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

