
އަހުމަދިއްޔާ ސްކޫލަށް ބަޔަކު ވަދެ ޓީޗަރަކަށް ބިރު ދައްކައި އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެ ހާދިސާ ހިނގީ ދަރިވަރަކު ބަލާ ގޮސް ހުރި ބެލެނިވެރިއަކު ރުޅި ގަދަވެގެންނެވެ.
އޭނާ ސްކޫލަށް ވަދެ ވަރަށް ހަޑިކޮށް ވާހަކަ ދެއްކުމަށް ފަހު އިތުރު ބަޔަކު ވެސް ފަހުން އެ ސްކޫލަށް ވަދެ އިންޒާރު ދިންކަން ވަނީ އެނގިފައެވެ.
ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ނުލިބެއެވެ.
އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު “ދެން”އަށް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މާލޭ ސްކޫލަކަށް ބެލެނިވެރިޔަކު ރުޅި ގަދަވެގެން ވަދެ، ދަރިވަރުން ކުރިމަތީގައި ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި 2024ވަނަ އަހަރު ވެސް މީހަކު ހައްޔަރުކުރިއެވެ.

