
ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް މާދަމާ ފަނޑިޔާރުން އައްޔަންކުރަން ނިންމައިފިއެވެ.
ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ޖުމްލަ ހަ ފަނޑިޔާރުން ހޯދަން މި ފަހުން އޮތީ އިއުލާންކޮށްފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންއިން ބުނީ އެ ދެ ކޯޓަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރުމާއި ފަތް އެރުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 09:30ގައި ސުޕްރީމް ކޯޓުގައި ބާއްވަން މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.
ސިވިލް ކޯޓަށް އައްުޔަނުކުރަން ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރުން
-
ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާ
-
ގއ. ކަނޑުހުޅުދޫ/ރީލް މަންޒިލް، މުހައްމަދު ނިޝާތު
- އެންވަޔަރަމަންޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު
ކްރިމިނަލް ކޯޓަށް އައްުޔަންކުރަން ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރުން
- ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގު
- ތ. ވޭމަންޑޫ/ޑްރީމް މުހައްމަދު އަބްދުالله
- ޅ. ކުރެންދޫ/ ނޫރާނީގެ، ސުލައިމާން މުހައްމަދު

