
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖުލައި މަހުގެ 16ވަނަ ދުވަހު ނައްތައިލާފައި ވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރު ކަމަށެވެ. މި ތަކެއްޗަކީ މި އަހަރުގެ އޭޕްރީލް 4އިން ޖޫން 14އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތައިލާފައި ވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުންނެވެ.

