
ކުކުޅާއި ހާ މަގު މައްޗަށް ދޫކޮށްލައިގެން ނުގެންގުޅުމަށް ގދ. ހޯނޑެއްދޫ ކައުންސިލްއިން އަންގައިފިއެވެ.
ހޯނޑެއްދޫ ކައުންސިލްއިން މިއަދު ބުނީ އެ ރަށުގެ ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުމައްޗަށާއި އަދި އެހެން ސަރަހައްދުތަކަށް ދޫކޮށްލައިގެން ކުކުޅުހާލާއި ޕެޓްސްގެ ގޮތުގައި ގެންގުޅެތަކެތި ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެފަދަ ތަކެތީގެ އުނދަގޫ ބޮޑުވެގެން އެކަމުގެ ޝަކުވާވެސް ކައުންސިލްއަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލްއިން ބުންޏެވެ.
އެހެންކަމުން އެގޮތަށް ރަށުތެރެއަށް ކުކުޅުހާ އަދި ޕެޓްސްގެ ގޮތުގައި ގެންގުޅޭ އެންމެހައި ތަކެތި ދޫކޮށްލައިގެން ނުގެންގުޅުމަށް ކައުންސިލްއިން ވަނީ އެދިފައެވެ.
ރަށްރަށުގައި ހާލާއި ކުކުޅާއި އަދި ގެރި ބަކަރި ގެންގުޅޭ އިރު ދޫކޮށްލައިގެން އެ ޖަނަވާރުތައް ގެންގުޅޭއިރު ދަނޑުބިމަށް ގެއްލުން ދިނުމާއި އަދި އެހެނިހެން އުނދަގޫތައް ކުރިމަތިވެގެން މީގެ ކުރިން ވެސް މީހުން ޝަކުވާކޮށްފައިވެއެވެ.

