
ހދ. ކުޅުދުއްފުށީ ތިލާގައި ޝިޕްރެކެއް ހަދަން ނިންމައިފިއެވެ.
އެ ޝިޕްރެކް ގާއިމުކުރަން ނިންމީ ކުޅުދުއްފުއްޓާއި ކުމުންދޫއާ ދެމެދު އޮންނަ ތިލައިގައެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މިއީ ކުޅުދުއްފުށި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރަން ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރު ކުރަން ނިންމި ނިންމުމެއް ކަމަށެވެ.
އެ މަޝްރޫއުއާ ގުޅޭ ގޮތުން މޭޔަރު “ދެން”އަށް ވިދާޅުވީ ހަލާކުވެފައިވަ ބޯޓެއް އެ ތިލައަށް ފެއްތުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ޝިޕްރެކް ގާއިމުކުރަން 100،000ރުުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
ޝިޕްރެކްއަކީ ޓޫރިސްޓުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮންނަ ތަނެކެވެ. އެގޮތުން ވ. އަތޮޅުގައި ޝިޕްރެކްއަށް ކޮންމެ ދުވަހަކުހެން ފަތުރުވެރިން ޒިޔާރަތްކުރާ އިރު ސީޒަންގެ ތެރޭގައި ވަކިން އެތަން ބަލަން ދާ ފަތުުތުވެރިން ގިނައެވެ.
ހއ. ފިއްލަދޫގެ ފަރުގައި އޮންނަ ޝިޕްރެކްއަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ތަނެކެވެ.

