
ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި 2 އަންހެނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ މާލެ، ގ. މުތީއާގެ، އަލްޔާ ޝަރްސާ ނަސީރު 25، އަދި ކ. ތުލުސްދޫ، ބިޖިލިއުފާ، އާމިނަތު ރޫނާ 29،އެވެ.
ފުލުހުން ބުނީ މީގެތެރެއިން އަލްޔާ ހައްޔަރުކޮށްފައި ވަނީ ކަސްޓަމްސްއިން އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓުމުން ކަމަށެވެ. އަދި ހަމަ އެރޭ ހިންގި އޮޕަރޭޝަނުގައި ރޫނާ ހައްޔަރު ކުރީ ހުޅުމާލޭން ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

