
ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ކުރިމަތިން އޮންނަ މަގުގައި ތާރުއަޅައި އެއްކޮށް ނިންމާލައިފިއެވެ.
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގު ހުޅުވާލުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ކަންކަމެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވީއެންމެ އަވަހަކަށް މި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ.
ޖުމްލަ އެކެއް ޕޮއިންޓް އެކެއް ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ނުނިމި އޮތް ފަސް މަގަކާއި، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ތަރައްގީކުރުން ހިމެނެއެވެ. މީގެ ތެރެއިން އެޕޯލޯ ފްލެޓްތަކުގެ ފަހަތާއި، ވަން ސެންޓްރަލް ޕާކް ރެސިޑެންސްގެ އިތުރުން ރޭތިގަލް ރެސިޑެންސްއާ ގުޅިފައިވާ މަގުތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
ހުޅުމާލޭގެ މަގުތައް ތަރައްގީކުރުމަށާއި މަރާމާތުކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދުވަނީ ނިންމާލެވިފަ.
އަމާޒަކީ މަގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ… pic.twitter.com/QnxPb6C6bp
— Housing Development Corporation (@hdcmaldives) August 25, 2026
ތާރުއަޅައި ނިމިފައިވާ މަގުތަކުގައި މިހާރު ކުރިއަށްދަނީ ދުވާރު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ގަސް އިންދުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް އެއްކޮށް ނިމުމުން، ވެހިކަލްތަކުގައްޔާއި ފައިމަގުގައި އުޅޭ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

