
ކާނާގެ ޔަގީންކަން ކަށަވަރުކުރަން 11 ރަށެއްގައި ދޮންކެޔޮ ގަސް ހެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދޮންކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަށް އެކި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ(ޑަބްލިއުޑީސީ) ތަކުން ޝައުގުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅި ކަމަށެވެ.
އަދި އޭގެ ތެރެއިން މައުލޫމާތު ފުރިހަމަ އަށް ހިއްސާ ކުރި 11 ރަށަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރު ކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް މިހާރު ނިމިފައިވަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ްެއެއާއެކު 11 ރަށަކަށް 1865 ދޮންކެޔޮ ގަސް ފޯރު ކޮށްދިންކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
ގަސްކާނާ ފޯރު ކޮށްދިން ރަށްތައް:
ހއ.އިހަވަންދޫ
ހއ.މާރަންދޫ
ހއ.ތަކަންދޫ
ހއ. އުލިގަން
ހދ.ކުމުންދޫ
ހދ.ވައިކަރަދޫ
ށ.ބިލެއްފަހި
ށ.ގޮއިދޫ
ށ.މަރޮށި
ނ.މާޅެންދޫ
ނ.މާފަރު
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކޮށް، ރާއްޖޭގެ އުފައްދާތަކެތީގެ މިންވަރު އިތުރުކުރަން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ދޮންކޮޔޮ ގަސް އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

