
ކަރަންޓު ކޭބަލްއެއް ބުރިކޮށްލަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ތ. ތިމަރަފުށި/ތަނޑިރަތްމާގެ، އަހުމަދު ސިނާހު(42އ.) އަދި ކ.ކާށިދޫ/ އަލުންތިލަ، އަލީ ހުސެއިން(37އ.)އެވެ.
ކޯޓުން ވަނީ އެ ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އެ ދެ މީހުން ހައްޔަރުކުރީ ކަރަންޓު ކޭބަލްއެއް ބުރިކޮށްލަން އުޅެނިކޮށް އާންމުންގެ މީހަކު ރިޕޯޓްކޮށްގެން ކަމަށާއި އެތަނުން އެކެއްގެ ޖީބުން ކޭބަލް ބުރިކުރާ ޒާތުގެ ކަޓަރެއް ފެނިފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެެއެވެ.
އެހެންވެ އެ ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ވައްކަންކުރަން އުޅުމާއި މުދަލަށް ގެއްލުންދޭން އުޅުމުގެ ތުހުމަތެވެ.ނަމަވެސް ސިނާހު ބަންދު މަޖިލީހުގައި ބުނީ އެ މައްސަލައާ އޭނާއާ ގުޅުމެއް ނެތް ކަމަށާއި އަދި އޭނާ ހުރީ ސީންއާ މާދުރުގައި ކަމަަށެވެ.

