
މުޅި ރާއްޖެއަށް މިއަދު ވެސް ގުގުރުމާ އެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މިއަދު މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް ވެސް އެ އޮފީހުން މައުލޫމާތުދެއެވެ.
ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތައް ރިޕޯޓުކޮށްފައިވާތީ، ކަމާގުޅޭ މުއައްސަސާތަކުން ދަނީ ދަތުރުތަކަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ދަތުރުތައް ނުރޭވުމަށާއި، މެޓުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.

