
ބްރެސްޓްފީޑިންގ ބްރޭކް ކަނޑައަޅައި، މާބަނޑުދުވަސްވަރުގެ ޗުއްޓީއާ ޚިދުމަތްތަކުން ކުރިއެރުންތަކެއް ހޯދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ މުނާސަބަތުގައި އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ. މައިން ދަރިންނަށް ގާތުން ދިނުމަކާއި، ނިދިނެތް ރޭގަނޑަކާއި، އިހުލާސްތެރި ސަމާލުކަމަކީ ލޯބީގެ އިންތިހާ ކަމަށެވެ. ގާތުން ދިނުމަކީ ހަމައެކަނި ކާނާއެއް ދިނުން ނޫން ކަމަށާއި ވަރުގަދަ ދިފާއީ ނިޒާމަކާއި، ނަފްސާނީ އަދި އާންމު ދުޅަހެޔޮކަމުގެ ވަރުގަދަ ބިންގާ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގައި ގާތުން ދޭ މައިންނަށް ވަޒީފާގެ މާހައުލުގައި ހުރި ލުއިތަކަށް ވެސް ސާޖިދާ އަލިއަޅުއްވާލައްވާފައިވެއެވެ.
As we mark World Breastfeeding Week, I would like to address the heart of our nation. Our mothers.
Every feed, every late night, and every moment of dedication is an act of love. Breastfeeding is far more than nutrition. It is your baby’s very first shield, building strong… pic.twitter.com/uLj0gqqoHn
— First Lady Sajidha Mohamed (@sajidhaamohamed) August 2, 2026
“ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ ވަޒީފާ އަދާކުރާ މައިންނަށް ކުއްޖާއަށް 2 އަހަރުވަންދެން ބޭނުންކުރެވޭ ގޮތަށް ‘ބްރެސްޓްފީޑިންގ ބްރޭކް’ ވަގުތު ކަނޑައަޅައި، މާބަނޑުދުވަސްވަރުގެ ޗުއްޓީ ރައްކާތެރިކޮށްދީ، މުޅި ރާއްޖޭގައި ޅަފަތުގެ ކުދިންގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.” ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކަމަނާ ވިދާޅުވީ މައިންނަށް ލިބިދީފައިވާ މާބަނޑު ދުވަސްވަރުގެ ޗުއްޓީއާއި ގާތުން ދިނުމުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ދަރިފުޅަށް އެންމެ އުފާވެރި އަދި ސިއްހަތު ރަނގަޅު ފެށުމެއް ހޯދައިދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ވުމާ އެކު މައިންނަށް އެހީވެދިނުމަކީ އާއިލާތަކާ، ވަޒީފާދޭ ފަރާތްތަކާއި މުޖުތަމައުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

