
މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބެންކޮކްއަށް ފްލައިޓްތަކެއް އަޅަން ތައްޔާރު ވެއްޖެއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ ޑިސެމްބަރު 9އިން 19ގެ ނިޔަލަށް ދަތުރު ކުރަން ކަނޑައަޅާފައިވާ މި ޓިކެޓުގެ ވިއްކަނީ ދެ ކޮޅަށް 530 ޑޮލަރަށެވެ.
ދަތުރުތަކުގެ މައިގަނޑު ތަފްސީލު
ދަތުރުކުރާ ދުވަސް – ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު
މުއްދަތު – 8 ޑިސެމްބަރު 2026އިން 19 ޖެނުއަރީ2027 އަށް
ލަގޭޖް އެލަވަން – 25 ކިލޯގެ ލަގޭޖް އެލަވަންސެއް ލިބޭނެ
ޓިކެޓުގެ އަގު – ރިޓަރަން ޓިކެޓެއްގެ އަގު ފެށެނީ 530 އެމެރިކާ ޑޮލަރުން
މޯލްޑިވިއަންއިން ދަނީ އިންޑިއާގެ މަންޒިލްތަކުގެ އިތުރުން ބަންގްލަދޭޝް އާއި އޮސްޓްރޭލިއާގެ މެލްބަންއަށް ވެސް ދަނީ އުދުހެމުންނެވެ.

