
ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ރޭ ދަންވަރު 00:44ގައި ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފި.https://t.co/hVUci3urnL pic.twitter.com/MSOnqAVDX1
— Maldives National Defence Force (@MNDF_Official) September 24, 2026
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވަނީ ހަވާލުކޮށްފައިވާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.

