
ގއ. ކޮނޑޭގައި ބިދޭސީއަކު ދިރިއުޅޭ ކޮޓަރިއެއްގައި ވަގަށް ކެމެރާ ހަރުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާ ތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުން ކެމެރާ ހަރުކުރި ކޮޓަރީގައި އުޅެމުންދިޔައީ ކޮންސްޓްރަކްޝަން މަސައްކަތަށް އެ ރަށަށް ގޮސް ހުރި ބިދޭސީ ފިރިހެނެކެވެ.

