
ބައްޕައާ މާރާމާރީ ހިންގައި އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. އަޖަމީޕޫލް 3/މާލެ، އިސްމާއިލް ޝިފާން (40އ)އެވެ.
އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި އާއިލާ މީހުންނަށް އިންޒާރުދީ ބިރު ދެއްކުމުގެ ކުށެވެ.
އެ މައްސަލައިގައި އޭނާ 10ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން
- އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި ނަމަވެސް މިހާރު ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް އޭނާ ބުނެފައިވޭ.
- ނަމަވެސް އެ ހާދިސާ ހިނގި ގޮތް ބުނެދޭން ނޭނގޭ ކަމަށާއި ބައްޕައާ މާރާމާރީ ހިންގާފައި ނުވާނެ ކަމަށް އޭނާ ބުނެފައިވޭ.
ނަމަވެސް ފުލުހުން ވަނީ ޝިފާންގެ ފަރާތުން އަނިޔާލިބުނު ކަމަށް ބުނާ މީހުންގެ ބަޔާނާއި ހާދިސާ ހިނގިތަނުގެ ފޮޓޯ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ.

