
މީގެ ބައި ގަރުނުކުރިން ގެއްލުނު މީހަކު ދުނިޔޭގައި ހުުރިތޯ ބަލަން އިއުލާންކޮށްފިއެވެ.
ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ހޯދަން އިއުލާންކުރީ ގއ. ދިޔަދޫ/ ތަނޑިރަތްމާގެ، ހަސަން މުހައްމަދު އެވެ.
އެގޮތުން އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއް ވާނަމަ އެކަން 10 ދުވަހުގެ ތެރޭގައި އެ ކޯޓަށް އަންގައި ދިނުމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.
ހަސަން މުހައްމަދު އަކީ 1973 ގއ. ދިޔަދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް، ކަނޑުވި ބޯޓަކުން ގެއްލުނު މީހަކެވެ. އޭނާ ދުނިޔޭގައި ހުރިތޯ ބަަލަނީ ތަރިކައިގެ މައްސަލައެއްގައެވެ.
ހަސަން ނިސްބަތްވާ ދިޔަދޫ އަކީ މިހާރު މީހުން ދިރިއުޅޭ ރަށެއް ވެސް ނޫނެވެ. އެ ރަށުގެ މީހުން ވަނީ 2000ގެ އަހަރުތަކުގައި ގއ. ގެމަނަފުއްޓާއި އެހެން ރަށްތަކަަށް ބަދަލުވެފައެވެ.

