
ރާއްޖޭގެ މައި ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ޖޭގެ ބޯޓަކުން 17ކޮންޓޭނަރު ކަނޑަށް ވެއްޓިއްޖެއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގީ އިއްޔެއެވެ.
އެގޮތުން ރާއްޖޭގެ ބޯޓެއް ކަމަށްވާ އެމްއެމްއެސް ގްރެފީން ބޯޓުގައި ހުރި 17ހުސް ކޮންޓޭނަރު ލަންކާގެ ކޮލަމްބޯގެ ބަނދަރާ ކައިރިން ކަނޑަށް ވެއްޓުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެ ހާދިސާ ހިނގީ މޫސުން ގޯސްވެ އަރިއަޅާލައިގެން ކަމަށް ބެލެވޭ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ ކޮންޓޭނަރުތައް ވެއްޓުނީ ރާއްޖެއިން ފުރައިގެން ލަންކާގެ ބަނދަރަށް ޖައްސަން ކައިރިވެސް ވެފައި ވަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން ކޮންޓޭނަރުތައް އޮޔާ ގޮސްފާނެތީ އެ ހިސާބުގަނޑުން ދަތުރުކުރާ އުޅަނދުތަކުން ސަމާުލުވުމަށް ވެސް ލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ ކުންފުނިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

