
މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ (ޖެނުއަރީއިން ޖޫންއަށް) ރާއްޖޭން ދަޅުމަހާއި ޕައުޗް އެކްސްޕޯޓްކުރި މިންވަރު ދަށްވެއްޖެއެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން 2025 ޖެނުއަރީއިން ޖޫންގެ ނިޔަލަށް 3,056.4 މެޓްރިކް ޓަނު މެޓްރިކް ޓަނުގެ ޕައުޗާއި ދަޅުމަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ އިން ޖޫންގެ ނިޔަލަށް އެކްސްޕޯޓް ކުރީ 2,702.4 މެޓްރިކް ޓަނެވެ.
ވަކި ވަކި މަސްތަކުގައި ދަޅު މަހުގެ އެކްސްޕޯޓް
ޖެނުއަރީ – 344.3 މެޓްރިކް ޓަނު.
ފެބްރުއަރީ – 342.4 މެޓްރިކް ޓަނު.
މާރިޗު – 653.0 މެޓްރިކް ޓަނު (މިއީ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން އެކްސްޕޯޓްކުރި މަހެވެ).
އެޕްރީލް – 406.1 މެޓްރިކް ޓަނު
މެއި – 545.9 މެޓްރިކް ޓަނު.
ޖޫން – 410.7 މެޓްރިކް ޓަނު.
ތަފާސް ހިސާބުތައް ދައްކާ 2020ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 7,148.7 މެޓްރިކް ޓަނުގެ މަސްދަޅާއި ޕައުޗެވެ. އަދި 2021ވަނަ އަހަރު މި އަދަދު 7,861.2 މެޓްރިކް ޓަނަށް އިތުރުވިއެވެ. 2022ވަނަ އަހަރު އެކްސްޕޯޓްކުރި މިންވަރު 8,439.6 މެޓްރިކް ޓަނަށް އިތުރުވެފައިވެއެވެ. އަދި 2023ވަނަ އަހަރަކީ ފާއިތުވި އަހަރުތަކުގެ ތެރެއިން އެންމެ ގިނައިން މަސްދަޅާއި ޕައުޗު އެކްސްޕޯޓްކުރި އަހަރެވެ. އެ އަހަރު 12,417.7 މެޓްރިކް ޓަނު އެކްސްޕޯޓްކޮށްފައިވެއެވެ.
ނަމަވެސް، 2024ވަނަ އަހަރު މި އަދަދު ވަރަށް ބޮޑަށް ދަށްވެ، 5,811.8 މެޓްރިކް ޓަނަށް ވަނީ ވެއްޓިފައެވެ. އަދި 2025ވަނަ އަހަރު ނިމުނުއިރު އެކްސްޕޯޓްކުރި މިންވަރު ވަނީ ކުޑަކޮށް އިތުރުވެ، 6,322.6 މެޓްރިކް ޓަނަށް އަރާފައެވެ.

