
ރައީސުލްޖުމްހޫރިއްޔާގެ “އެންމެ ފުރަތަމަ ދިވެހިރާއްޖެ” ސިޔާސަތު ބޭރު ދުނިޔޭގައި ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާއި ސަފީރުންނާ ޚާރިޖީ ވުޒާރާގައި މުހިންމު ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ދިވެހިރާއްޖޭގެ އިސްތިޤުލާލަށް ހުރުމަތްތެރިކޮށްހިތާ އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ކޮންމެ ޤައުމަކާއި ޖަމާޢަތަކާ އެކު ވެސް ދިވެހި ސަރުކާރުން ގުޅުން ބާއްވާނެކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މި ހަރުދަނާ ޚާރިޖީ ސިޔާސަތު އަމަލީގޮތުން ތަންފީޒުކުރުމުގައި ރާއްޖޭގެ އެމްބަސީތަކާއި މިޝަންތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
During the meeting Minister and Executives discussed the priorities of Maldives First Foreign Policy and strengthening diplomatic representation and effective delivery of economic and commercial diplomacy.
2/2 pic.twitter.com/QXfyZ3pmmB
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 15, 2026
ދިވެހިރާއްޖެއަށް އިޤުތިޞާދީ ގޮތުން ފައިދާހުރި ފުރުޞަތުތައް ހޯދައިދިނުމަކީ އިސްކަންދޭންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓް ދާއިރާގައި ހުރި ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނަށް ފުޅާ ދާއިރާއެއްގައި އޮޅުންފިލުވައިދިނުމަށް ޚާރިޖީ ވަޒީރު އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން ވުޒާރާގެ ކުރިމަގުގެ އަމާޒުތަކާއި އެކި ދާއިރާތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ސަފީރުންނާ ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
ސަފީރުން ޤާއިމުވެ ތިއްބަވާ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ދަތިކަމެއް ނެތި ފަސޭހައިން އަވަސް ކޮންސިއުލަރ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަޒީރު ވަނީ މި ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

