
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށްވުރެ އިތުރުވު ވެއްޖެއެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހާ ހަމައަށް ރަޝިއާއިން ރާއްޖެއަށް 209,815ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.6 އންސައްތައެވެ.
މިދިޔަ 2025ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. ރަޝިއާގެ އިތުރުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 268,117ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 18.7އިންސައްތައެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ 110,983ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 7.3އިންސައްތައެވެ.
ރަޝިއާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައި މިވަނީ އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ ފިޔަވަޅުތަކެއް ޓޫރިޒަމް މިނިސްޓްރީން އަޅަން ފެށުމުންނެވެ. މިގޮތުން މިފަހުގެ ތާރީހުގައި ފުރަތަމަ ފަހަތަށް ދިވެހި ވަފުދެއް ރަޝިއާއަށް ޒިޔާރަތްކޮށް ވަނީ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހަރަކާތެއް ހިންގާފައެވެ.

