
“ކޮމިއުނިޓީ އެމްޕަވަރމަންޓް ހަބް” އަށް ބޭނުންވާ އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށްޓަކައި ޕާކިސްތާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އެހީތެރިކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ތައުލީމާއި ތަމްރީނު ހާސިލުކުރެވޭނެ، ހުރިހާ އެންމެން ޝާމިލުވާ ފަދަ މާހައުލެއް މި ހަބްގައި ގާއިމުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ބުނެފައިވެއެވެ. ޖަޕާނުން ފޯރުކޮށްދިން އެހީކަމާގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީ އިން މައުލޫމާތު ދިންގޮތުގައި އެމްޕަވާމެންތް ހަބް އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރުތައް ދަސްކޮށްދީ، އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި ގާއިމުކުރާ ތަނެކެވެ. މި ތަނުގައި މަސައްކަތުގެ މާހައުލާއި، އަމިއްލަ މަސައްކަތްތެރިކަމަށް ބޭނުންވާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މި ހަބްގައި އެހީތެރިކަން ފޯރުކޮށްދޭ ޒަމާނީ ޓެކްނޮލޮޖީއާއި އައި.ސީ.ޓީ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މި އަހަރުތެރޭގައި މި ހަބް ހުޅުވުމަށް ތާވަލު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

