
ނުރައްކާތެރި ގޮތަކަށް ބްރިޖު މަތީ ދުއްވި 3 ސައިކަލެއް ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ވަނީ ޓޯ ކޮށްފައެވެ. މި ތިން ސައިކަލު ޓޯ ކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަމަށާއި މި ތިން ސައިކަލު ޓޯކުރީ 30 ދުވަހުގެ މުއްދަތަށް ކަމަށް ވެސް ބުނެފައިވެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަނީ ސައިކަލު މަތީގައި އޮށޯވެ އޮވެގެންނާއި، މަގު ރަނގަޅަށް ނުފެންނަވަރަށް ބޯ ތިރިކޮށްގެން ބާރު ސްޕީޑުގައި ބަޔަކު ދުުއްވަނިކޮށެވެ.

