
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެސްޓީއޯގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ހަވީރު އެކްސްގައި ބުނީ އަލިފާން ރޯވީ ޓަވަރުގެ ތިން ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ފާހާނާގައި ހުރި އެގްޒޯސްޓެއްގައި ކަމަށެވެ.
އެ ހާދިސާގައި ފާހާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަަބަބު އެންޑީއެމްއޭއިން ހާމައެއް ނުކުރެއެވެ.

