
ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މިރޭ 06:30 ކަންހާއިރު ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާޑު ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެހެންވެ އެއީ ކޮން އުމުރުުގެ މީހެއް ކަމެއް ވެސް ސާފެއް ނުވެެއެވެ.
މިދިޔަ ހަފްތާ ވަނީ އިޓަލީގެ ޓޫރިސްޓުންތަކެއް ވެސް ޑައިވްކުރަން ފައިބައިގެން އުޅެނިކޮށް މަރުވެފަ އެވެ.

