
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބި، ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގައި އަނިޔާވެފައި ވަނީ 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ. އަދި މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްގީގު ކުރަމުންނެވެ.
މީގެ ކުޑަވަގުތުކޮޅެއް ކުރިން ހިނގި މި ހިތާމަވެރި ހާދިސާގައި ކުއްޖާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާއިރު، ލިބިފައިވާ އަނިޔާތައް ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގުމާއެކު ވަގުތުން ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

