
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަޚްލާޤީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން އެ އަމަލު ހިންގާފައި ވަނީ ދުވާލުގެ ވަގުތުގައެވެ. ހިޔާ ފްލެޓުތަކަކީ ވަރަށް ކައިރި ކައިރީގައި ހެދިފައި ހުރި ތަންތަން ކަމުން ވަރަށް ސާފުކޮށް މަންޒަރު ފެންނާނެއެވެ. މި ފަދަ މައްސަލަތަކެއް ކުރިން ވެސް ވަނީ ހިޔާ ފްލެޓުތަކުގައި ހިނގާފައެވެ.

