
އއ. ހިމަންދޫގައި ގެނބެމުން ދިޔަ ދެ ކުދިން ފުލުހަކާއި އާންމުންގެ މީހަކު ވެގެން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހިމަންދޫ އުތުރު ފަރާތް މޫދުގައި ދެކުދިން ގެބެމުން ދާކަމަށް އެސަރަހައްދުގެ އުޅުނު އަންހެނެއްގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔައިރު އެ ކުދިން ތިބީ ރަށުގެ މޫދުން ފެށިގެން ގާތްގަނޑަކަށް 100މީޓަރު ދުރުގައި ކަމަށެވެ.
އަދި ހިމަންދޫ ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އާންމު ފަރާތެއްކަމަށްވާ އއ.ހިމަންދޫ / ދިލާސާގެ މުޙައްމަދު އާހިލް ފަތާފައި އެކުދިން ތިބި ސަރަހައްދަށް ގޮސް ގެބެމުން ދިޔަ 11އަހަރު ކުއްޖާ އާއި 12އަަހަރު އާއި ދެކުދިން ސަލާމަތްކުރި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ދެ ކުދިންނަށް ކޮންމެވެސް ވަރަށް ލޮނު ބޮވުނު ނަމަވެސް ހާލު ގޮސްވެގެން އިތުރު ފަރުވާ ދޭން ޖެހިފައި ނުވާކަމަށް ވެސް ބުންޏެވެ.

