
ހައުސިން މިނިސްޓްރީން އައްޑޫގައި ޕްރޮޖެކްޓް އޮފީހެއް ގާއިމުކުރަން ނިންމައިފިއެވެ.
އެ ޕްރޮޖެކްޓް އޮފީސް ގާއިމުކުރަން ނިންމާފައި ވަނީ އައްޑު އިތޮޅު ހިތަދޫގައެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ ޕްރޮޖެކްޓް އޮފީސް ގާއިމުކުރަން ހިތަދޫން އިމާރާތެއް ކުއްޔަށް ނަގަން ނިންމިކަން ވެސް ހާމަކޮށްފައެވެ. އެއީ އެއް އަހަރު ދުވަހަށެވެ.
އެކަމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެ ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ދިރާމުލި، ޒިޔާރާތްމަގު، ސ. ހިތަދޫގައެވެ.
ހައުސިން މިނިސްޓްރީން ހޯދަމުން ދަނީ 2000 އާއި 2500 އަކަފޫޓަށް ވުރެ ކުޑަ ނޫން ތަނެކެވެ.
އޭގެ އިތުރުން ހައުސިން މިނިސްޓްރީން ބޭނުންވާ ކަންކަން
- އިމާރާތަކީ ފުޅާ މަގެއްގައި ހުރި ތަނަކަށްވުން
- ކުއްޔަށް ދޫކުރާ ތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެވޭ ތަނަކަށްވުން
- ކުއްޔަށް ދޫކުރާތަނުގެ އިންޓީރިއާއަށް ބަދަލު ގެނައުން
- ފަންގިފިލާތަކުގެ އެކި އެކްސެސް ޕޮއިންޓްތަކުގައި ސެކިއުރިޓީ ހަރުކުރެވިފައި ހުރުން

