
މާލޭގެ ގެސްޓު ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މަރުވެފައި އޮއްވާ ފެނުނީ އޯސަނިކްވިލާ/ހއ. މޮޅަދޫ/ އޯސަނިކްވިލާ، އިބްރާހިމް ނައީމް (45އ)ކަމަށެވެ.
މާފަންނުގެ ގެސްޓު ހައުސްއެއްގައި އޭނާ މަރުވެފައި އޮއްވާ ރިޕޯޓްކުރީ މިއަދު ހަވީރު 5:51ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މަރުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެެވެ. އެހެންވެ އޭނާ މަރުވީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

