
ޑްރޯން އަކާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާ އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޯގަސްޓް 5ވަނަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރު ކަމަށާއި މި ދޯނި ދަތުރުކޮށްފައި ވަނީ 2026 އޯގަސްޓް 5ވަނަ ދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާ އެކު އަޑިއަށް ގޮސްފައެއެވެ. އަދި ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވެސް ގެއްލިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކަނޑުމަތީގެ ހާދިސާއެއްގައި ހަރަކާތްތެރިވި ފުލުހަކާ ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

