
ތެއްޔެއްގައި ރޯވެގެން އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް ދޭއް، ހިޔާ ޓަވަރު 9ގެ އެޕާޓްމަންޓެއްގައި، 2026އޯގަސްޓް 5ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އަލިފާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އުނދުނަށް އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

