
ތައިލެންޑުގެ އިންވެސްޓިގޭޓިވް ފޮރެންސިކް އިންޓަގްރޭޝަން ކޮމްޕެނީއާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން “ފަޔާ އިންވެސްޓިގޭޝަން ކޯސް”ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ ތިނަކުން މިދިޔަ ހުކުރު ދުވަހާ ހަމައސަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި، ފުލުހުންގެ ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފޮރެންސިކް ފުލުހުން ހިމެނޭ ގޮތަށް 20ފުލުހުން ބައިވެރިވެ ކާމިޔާބުކަމާއެކު އެ ކޯސް ފުރިހަމަކޮށްފައިވެއެވެ.
އެ ކޯހުގައި އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތައް ބަލައި ފާސްކުރުމާއި، އަލިފާން ފެތުރިފައިވާ ގޮތް ދެނެގަތުމާއި، އަލިފާން ރޯވި ސަބަބާއި އަސްލު ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާތަކުގެ ހެކި ދެނެގަނެ ތަފުސީލީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރު ދަސްކޮށްދީފައިވެއެވެ.
އެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައެވެ.

