
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އެންފޯސްމަންޓް އޮފިސަރުން މުހިންމު ސަރަޙައްދުތަކުގައި ޚާއްޞަ ޕެޓްރޯލްތަކެއް ކުރިއަށްގެންދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ‘އެކްސް’ގައި އާންމުކޮށްފައިވާ ގޮތުން، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނާ ގުޅިގެން ރަށުތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
Our Gang Crime Enforcement officers continue proactive patrols across key areas, maintaining a visible presence and engaging with the community to help keep our neighborhoods safe.
These ongoing efforts focus on preventing crime, addressing concerns early, and strengthening… pic.twitter.com/FMQL7brVSt
— Maldives Police (@PoliceMv) July 1, 2026
ފުލުހުން ބުނެފައިވާ ގޮތުގައި، މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މި މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވުމަށާއި، މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތައް ދުރާލާ ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދިނުމަށެވެ. އަދި ހަމައެހެންމެ، މިއީ ފުލުހުންގެ އަމަލީ މަސައްކަތްތަކާއި އާންމުންގެ އެއްބާރުލުމާ އެކު، މުއައްސަސާއާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކޮންމެ ފަރުދަކަށް ވެސް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

