
ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކުން ފެނުނު 5 ފޫޓު ދިގު ކިނބުލެއް ފެނިއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 07:00 އެހާއިރު ޑިންގީއެއްގައި އެރަށަށްދިޔަ ބަޔަކަށް ކަމަށެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންގޮސްފައި ކަމަށް ވެސް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
ޅ.އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފި.https://t.co/KK6TqFwUqe pic.twitter.com/VFshHsF9IJ
— Maldives National Defence Force (@MNDF_Official) April 18, 2026
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައި ވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުކަމަށައި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެނެސްފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

