
ނިމުނު ޖުލައި މަހުގައި މަސްތުވާތަކެތީގެ 368 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު 1150 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތީގެ 368 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެވެ. ވައްކަމުގެ 275 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި:
- ޓްރެފިކް އެކްސިޑެންޓްގެ 239 މައްސަލަ
- އެއްޗެތި ގެއްލިގެން 79 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 50 މައްސަލަ
- ގެވެށި އަނިޔާގެ 23 މައްސަލަ
- ޖިންސީ ކުށުގެ 23 މައްސަލަ
- ފޭރުމުގެ 12 މައްސަލަ
- ޚިޔާނަތުގެ 16 މައްސަލަ
- ފޯޖް ކުރުމުގެ 1 މައްސަލަ
- މާރާމާރީގެ 60 މައްސަލަ
- އެކައުންޓްގައި ފައިސާނެތި ޗެކްދޫކުރުމުގެ 1 މައްސަލަ
މީގެ އިތުރުން އެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 7349 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހަޅާފައި ވަނީ 6720 މައްސަލައެކެވެ.
ފުލުހުން އަންނަނީ ކުށްތައް މަދުކުރުމަށް ތަފާތު ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.

