
ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން މިރޭ އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާއްސަ ރަސްމިއްޔާތާ ގުޅިގެން، އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތާ ގުޅިގެން، އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު މިރޭ ފަތިހު 05:00 އިން ފެށިގެން… pic.twitter.com/QwNZsGtmG2
— Maldives Police (@PoliceMv) July 22, 2026
މިގޮތުން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު މިރޭ ފަތިހު 05:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެއްގަމު އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ކަމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މި ބަދަލަށް ސަމާލުކަން ދެއްވައި، އެއްބާރުލުން ދެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

