
މާލޭގެ ބައެއް ހިސާބުތަކަށް އުދަ އަރައި ފެން ބޮޑުވެއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މާލޭގެ މަގުތަކަށް އުދަ އަރައި، ފެން ބޮޑުވަމުންދާ ކަމަށެވެ. އަދި ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުންދާ ކަމަށެވެ.
މާލޭގެ މަގުތަކަށް އުދަ އަރައި، ފެން ބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/vYxP9XTz29
— Maldives National Defence Force (@MNDF_Official) July 26, 2026
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކުރެއެވެ.

